logo

މާލެ ސާފުކުރުމަށް ޑިމޮކްރެޓްސްއިން ސިޓީ ކައުންސިލަށް ގޮވާލައިފި

profile

އަހުމަދު ޒަލީފު - 10 މާރިޗު 2024 - 17:02

ޑިމޮކްރެޓްސް ހަރުގޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން

ޑިމޮކްރެޓްސް ހަރުގޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން

މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ދަ ޑިމޮކްރެޓްސްއިން މާލެސިޓީ ކައުންސިލަށް ގޮވާލައިފިއެވެ.

މާލޭގެ މަގުތަކުގައި ކުނި އިތުރުވެ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލެ ސިޓީގެ ކުނި މެނޭޖްކުރުން އިންތިހާއަށް ބޮއްސުންލާފައިވާ ކަމަށާއި، ކަންކަންމަތީގައި ކުނިވާ ޒާތުގެ ޑަސްބިންކޮތަޅުން ފެށިގެން ފަރުނީޗަރުގެ ބައިބަޔާއި، ގައުކުނޑީގެ ފުނިވަރުތަކުން މާލެ ގޮނޑުވެފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވަނީ މާލެތެރެ ހިރުކޮށް ހަންމަތަ ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައި ނުވާ ކަމަށެވެ. އަދި ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާ، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް މާލެ ސިޓީ ކައުންސިލުންވެސް ހިންގާފައި ނެތްކަމަށެވެ.

"މާލެއަކީ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނައިރު، ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް، ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނެތެވެ." ޑިމޮޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319