
ފަތުރުވެރިކަމުގެ ދާއިރާގައި އޭއައި އަދި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުން މުހިންމު: ރައީސް

މުޙައްމަދު ފަޟްލޫން - 27 ސެޕްޓެމްބަރު 2026 - 12:15
ޑިޖިޓަލް ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން އިސްނަގައިގެން އައު އީޖާދުތައް ތައާރަފުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައު އީޖާދުތައް ބަލައިގަނެ، އެ ދާއިރާގެ ހުނަރުތައް ތަރައްގީކުރުމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި، އަމިއްލަވަންތަކަމާއި އަދި ރާއްޖޭގެ ލާމަސީލު މެހެމާންދާރީ ދަމަހައްޓަމުން، ޑިޖިޓަލް ޒަމާނުގެ ފުރުސަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރަށްރަށުގައި އިގްތިސާދީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދިން މައިގަނޑު ބާރު ކަމަށެވެ. އަދި މިއީ ރާއްޖެއަށް ޒިޔާރަތްކުރި އެތައް މިލިއަން ފަތުރުވެރިންނާއި ދިވެހިންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިން މުހިންމު ސިނާއަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިން މަންޒިލްތައް ހިޔާރުކުރުމާއި، ދަތުރުތައް ރޭވުމުގެ އިތުރުން، ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ އަދި އޭއައިގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކުގެ މައްޗަށްވެސް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމާއި ފަތުރުވެރިކަމަށް ދޭ އަހައްމިޔަތު ދައްކުވައިދިނުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ދަނީ ފާހަގަކުރަމުންނެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޔާރަކީ ޑިޖިޓަލް އެޖެންޑާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޓު ރީޑިޒައިން ޓޫރިޒަމް އެވެ.
ގުޅުން ހުރި ޙަބަރުތައް

ތަރިކަ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއަރުވަން މޭޔަރު ގޮވާލައްވައިފި
3 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖުން ހިނގާފައިދާ މީހުންނަށް ފިޔަވަޅު އަޅަނީ
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
835 މިލިއަން ރުފިޔާގެ ޚަރަދާއެކު ކުރިއަށްގެންދިޔަ ހިލޭ ޑިގްރީ ނިންމި ދަރިވަރުންގެ ސީދާ އަދަދެއް ނޭނގޭ
3 ގަޑިއިރު ކުރިން

ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މަތީ ސާނަވީ އިމްތިހާނަކީ މުހިންމު ފިޔަވަޅެއް: ރައީސް ޑރ. މުޢިއްޒު
3 ގަޑިއިރު ކުރިން


