logo

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަނީ

profile

އާމިނަތު ޝަޒްލާ - 30 މޭ 2026 - 06:35

އަޟްޙާ ޢީދު" ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް "މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް" އެމްއެންޑީއެފުން ބުނެފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެމްއެންޑީއެފުން ބުނީ މިރޭ އަރުވާނީ 21:45 އާއި 22:15އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ހަވާ އަރުވާނެ ސަރަހައްދަކަށް ހަމަޖެހިފައިވަނީ ވިލިމާލެއާ ދިމާ ބޭރުން އެރުވުމަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު ކަމަށް ވެސް ވަނީ އެމްއެންޑީއެފުން ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk