
ދެ ހަފްތާ ތެރޭގައި 83 މަސާޖު ޕާލާ ބަންދުކޮށްފި

އައިޝަތު އިނާޝާ - 21 ޑިސެމްބަރު 2025 - 18:47
ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަަނަށް 83 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސާޖުޕާލާތައް ހަދާ ހިންގަމުންދާ މައްސަލަ ކަމަށެވެ. ވިދާޅުވީ އެފަދަ ތަންތަން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އިތުރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާ ފުލުހުންނާއި އިމިގްރޭޝަން ހިންގާ އެ މަސައްކަތުގެ ދަށުން މިދިޔަ 12 ދުވަަސްތެރޭ 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ސެލޫންތަކުގެ ނަމުގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރަން ރައްޔިތުން ތަކުރާރުކޮށް އެދެމުން ދިޔަނަމަވެސް މިދިޔަ ސަރުކާރުތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައިު އެކަން ކުރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ނަމަވެސް މި ސަރުކާރުން އެގޮތަށް އެކަން ދޫކޮށް ނުލައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޙުގައި ދުވަހަކުވެސް މި އަދަދާއި ގާތްކުރާ އަދަދަކަށްވެސް މިފަދަ ތަންތަން ބަންދުކޮށްފައި ނެތް ކަމަށެވެ.
އަބަދުވެސް ގޮސް އިންޒާރެއް ދީފާނެ ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅާފާނެ، އެކަމަކު ބަންދުކޮށްފައެއް ނެތް: ރައީސް
ގުޅުން ހުރި ޙަބަރުތައް
ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި
3 ގަޑިއިރު ކުރިން

އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަސްވެނިވުމުގެ ޖަލްސާ، ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
4 ގަޑިއިރު ކުރިން

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ
4 ގަޑިއިރު ކުރިން

ދިރާސީ އާ އަހަރުން ފެށިގެން، 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާ
4 ގަޑިއިރު ކުރިން


