
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ

އައިޝަތު އިނާޝާ - 21 ޑިސެމްބަރު 2025 - 18:14
ހުޅުމާލޭގެ 2 ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަށް 10 ބުރިއަށް އިމާރާތްކުރެވޭނެ ގޮތައް ހުއްދަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދަޅުވީ ފޭސް 2 އިން ގިނަ ގޯތިތަކެއް ދޫކޮށްފައިވާކަމަށާއި އެގޮތުން ގޯތި އިމާރާތް ކުރެވޭ އުސްމިނަކީ ތަނުގެ ޕްލޭނާއި އިންފްރާސްޓްރަކްޗާއާއި ގުޅިފައި އޮތް ކަމެއް ކަމަށެވެ. އަދި އެއީ ފެނާއި ނަރުދަމާ އާއި ވެސް ގުޅިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ ތަނެއް އާބާދުވެގެންދާއިރު އެތަނެއްގެ ލޭންޑު ޔޫސް ޕްލޭންއަށް ގެންނަ ބަދަލަކުން ނުވަތަ ސަރުކާރުގެ ސިޔާސަތައް އަންނަ ބަދަލަކުން އެތަނެއްގެ އިންފްރާސްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަންޖެހޭނެކަމަށެވެ. ވިދާޅުވީ މިހުރިހާ ކަމަކާއެކު ސަރުކާރުން ކުރަން ޖެހޭ އިންވެސްޓުމަންޓު ހިމެނޭގޮތައް ފޭސް 2 އިން ދޫކޮށްފައިވާ ގޯތި އިމާރާތްކުރުން ވައުދުވެފައިވާ ގޮތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ބަދަލުކޮށްދެއްވާނެކަމަށެވެ.
ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވާ ރައީސްް ވިދާޅުވީ 10 ބުރިއަށް އިމާރާތް ނަގާ ނަމަ އެންމެ ތިރީ ފްލޯގައި ޕާކިން ހެދުމަކީ އެއީ މަޖުބޫރު ކަމެއް ކަމަށެވެ. އަދި ދިރިއުޅުން ނޫން، އާމްދަނީ ހޯދޭނެ އެހެން ކަމަކަށް މަޖުބޫރުވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 10 ބުރިއަށް ނެގޭ ގޮތަށް ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ފޭސް 2 ގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމާށާއި ސަރުކާރުން އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދެ ހަފްތާ ތެރޭގައި 83 މަސާޖު ޕާލާ ބަންދުކޮށްފި
3 ގަޑިއިރު ކުރިން
ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި
3 ގަޑިއިރު ކުރިން

އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަސްވެނިވުމުގެ ޖަލްސާ، ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
4 ގަޑިއިރު ކުރިން

ދިރާސީ އާ އަހަރުން ފެށިގެން، 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާ
4 ގަޑިއިރު ކުރިން


