logo

ދިރާސީ އާ އަހަރުން ފެށިގެން، 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާ

profile

އައިޝަތު އިނާޝާ - 21 ޑިސެމްބަރު 2025 - 18:02

ދިރާސީ އާ އަހަރުން ފެށިގެން، ސްކޫލްތަކުގައި ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުން މުޅިން މަނާކޮށް، ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ކްލާސް ގަޑީގައި ފޯނު ބޭނުން ކުރުން މަނާ ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައއިފިއެވެ.

https://wamco.com.mv/

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލު ކުދިން، ކްލާސް ވަގުތުތަކުގައި ފޯނު ބޭނުން ކުރާ މައްސަލަ ބޮޑުވެފައިވާކަން ބެލެނިވެރިންގެ ފަރާތުން ވެސް ފާހަގަކުރަމުންދާ ކަމަށެވެ. އަދި ސްކޫލްތަކުގައި ކުދިން ފޯނު ބޭނުންކުރުން، ހާއްސަކޮށް ގްރޭޑް 10 އިން ދަށުގެ ކުދިން ފޯނު ގެންދިއުމަކީ ބޮޑުވަމުންދާ މައްސަލައެއްކަމަށް ރައިސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރުވެސް މިކަމާއި ގުޅޭ ގަވާއިދުތަކެއް ހުރިނަމަވެސް އެކަން ރަނގަޅަށް ތަންފީޒު ނުވާ ކަމަށެވެ.

އެހެންކަމުން މި މައްސަލަ ހައްލު ކުުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރު ފެށިގެން ދާއިރު، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނު ނުގެންދެވޭނެ ގޮތް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވުނު ނަމަވެސް ކިޔަވައިދޭ ވަގުތުގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ސްޓްރިކްޓްލީ އިމްޕްލިމެންޓް ކުރާނެ އެކަންތައް.. ރަސްމީ ސްކޫލް ގަޑީގަ ފޯނެއް ގްރޭޑް ދިހައަކުން ދަށު ކުދިންނަކަށް ބޭނުމެއް ނުކުރެވޭނެ.. ގްރޭޑް 11، 12 ކުދިންނަށް ފޯނު ގެންދެވޭނެ.. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ހޯއްދަވާ އެބަ ލޮކަރ ސިސްޓަމެއް، ސްކޫލުގަ ބަހައްޓަވާނެ، ކްލާސްތަކުގަ އެ ލޮކަރ ސިސްޓަމް ބެހެއްޓީމަ ކްލާސް ގަޑީގަ އެއްވެސް ކުއްޖަކު ފޯނެއް ބޭނުމެއް ނުކުރެވޭނެ: ރައީސް

ރައީސް ވިދާޅުވީ، ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ކްލާސް ނިމުނީމަ ފޯނު ލިބޭ ގޮތަށް އަންނަ ދިރާސީ އަހަރުން ފެށިގެން ބަދަލު ކުރާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ގްރޭޑް 11 އަދި 12 ގެ ކުދިންގެ އުމުރަށް ބަލާއިރު، ކްލާސް ގަޑި ނޫން އެހެން ވަގުތުތަކުގައި ފޯނު ބޭނުންކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.
https://wamco.com.mv/
https://eportal.mwsc.com.mv/e-pay