logo

ކުށްކުރާ ފަރާތްތަކުން ޖަމާވާ ސަރަހައްދުތައް 75 ހާހަށްވުރެ ގިނަފަހަރު ޗެކްކުރެވިފައިވޭ: ފުލުހުން

profile

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 06:57

ކުށްކުރާކަމަށް ފާހަގަކުރެވޭ އަދި ކުށުގެ ރިކޯޑް އޮންނަ މީހުން ޖަމާވާ ސަރަހައްދުތައް 75 ހާހަށް ވުރެ ގިނަ ފަހަރު ޗެކް ކުރެވިފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޭންގް އެންފޯސްމެންޓުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެމުން ބުނީ މިހާތަނަށް 75441 ފަހަރު ކުށްކުރާ މީހުން ޖަމާވާ ސަރަހައްދުތައް ނުވަތަ ހޮޓްސްޕޮޓްތައް ޗެކްކުރެވިފައިވާ ކަމަށެވެ.

މިހާތަނަށް 17483 މީހަކު ހުއްޓުވައި ސުވާލު ކުރެވިފައިވާއިރު މިއީ ކުށްކުރާ ކަމަށް ފާހަގަކުރެވޭ އަދި ކުށުގެ ރިކޯޑް އޮންނަ މީހުން ޖަމާވާ ތަންތަނުގައި ސުވާލުކުރެވުނު އަދަދެވެ.

އެކިއެކި ނިޝާންތައް ބޭނުންކޮށްގެން (ގްރެފިޓީ) އާއި އެކިއެކި ލޯގޯ ތައާރަފްކޮށްގެން ގްރޫޕް ހަދައިގެން ކުރިއަށްގެންދިޔަ 170 ތަނެއް ނައްތާލެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރެވުނު 10 ތަނެއް ރެއިޑް ކުރެވިފައިވާ ކަމަށް ފުލުހުންގެ ގޭންގް އެންފޯސްމެންޓުން ވަނީ ބުނެފައެވެ.

ގޭންގް އެންފޯސްމެންޓުން ވަނީ 341 އުޅަނދެއް ޓޯވ ކޮށްފައެވެ.

ގޭންގް އެންފޯސްމެންޓުން ޓޯވ ކުރެވުނު އުޅަނދުތަކަކީ ޓްރެފިކް މައްސަލަތަކާއި ގުޅިގެން ޓޯވ ކުރެވުނު އުޅަނދުތަކެއް ނޫންކަމަށާއި ނަމަވެސް އެއީ ޖަމާއަތް ހަދައިގެން ނުރައްކާތެރިކޮށް ދުއްވަމުންދިޔަ އަދި ކްރިމިނަލް ރިކޯޑް އޮންނަ ކުށްކުރާ ފަރާތްތަކުގެ އުޅަނދު ކަމަށްވެސް ފުލުހުންގެ ގޭންގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.

2679 ފަހަރު ކުޑަކުދިން ހުއްޓުވައި ސުވާލުކުރެވިފައިވާ ކަމަށާއި އޮޕަރޭޝަން މަސައްކަތްތަކުގެ އިތުރުން ގާނޫނުގެ ދަށުން ގޭންގް އެންފޯސްމެންޓަށް މިހާތަނަށް 07 މައްސަލައެއް ހުށަހެޅިފައިވެއެވެ.

ގޭންގް އެންފޯސްމެންޓަށް ހުށަހެޅުނު 07 މައްސަލައިގައި 11 މީހުން ހައްޔަރުކުރެވުނު އިރު، މިވަގުތު ބަންދުގައި ތިބީ 2 މީހުން ކަމަށާއި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް 2 މައްސަލައެއް ފޮނުވާފައިވާ ކަމަށް ފުލުހުންގެ ގޭންގް އެންފޯސްމެންޓުން ވަނީ ބުނެފައެވެ.

ގޭންގް ކަނޑައެޅުމަށް ޕީޖީ އޮފީހަށް 1 މައްސަލަ ފޮނުވިފައިވާއިރު އެ މައްސަލައިގައި ސާފްކުރަންޖެހޭ އިތުރު ކަންކަން ހިމެނޭތީ އެކަން ކުރަމުންދާ ކަމަށް ފުލުހުންގެ ގޭންގް އެންފޯސްމެންޓުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay