logo

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ދިވެއްސަކު ހޯދަނީ

profile

އައިޝަތު އިނާޝާ - 15 ޑިސެމްބަރު 2025 - 05:48

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ދިވެހި ފިރިހެނަކު ހޯދަން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން ހޯދަމުންދަނީ އަތަމާގެ ސ.ހިތަދޫ / ސަމަންދަރު، މުޙައްމަދު ޝާޠިރު (40އ) އެވެ.

ފުލުހުން ބުނީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ފުލުހުން ވަނީ މުޙައްމަދު ޝާޠިރު މިމަހުގެ 21 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay