logo

މޫސުން ގޯސް، މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި

profile

އައިޝަތު އިނާޝާ - 07 ޖެނުއަރީ 2026 - 08:11

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

https://wamco.com.mv/

ހުދު ސަމާލު ނެރެފައިވަނީ 09:00 އިން ފެށިގެން 15:00 އަށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ.

މެޓުން ބުނާގޮތުގައި މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. ކަނޑުތައް އާދައިވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސް މިން ހުންނާނީ 4 ފޫޓާ 7 ފޫޓާ ދެމެދުގައި ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައިވާއިރު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay