
ދެ ހާހެއްހާ ވޭޕް ކާޓްރިޖް އަތުލައިގެންފި

އައިމަން ޢަބްދުއްސައްތާރު - 06 އޭޕްރީލު 2026 - 11:51
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ހާހެއްހާ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި، މާލޭ ވިޔަފާރި ބަނދަރުން ކަމަށެވެ.
އެގޮތުން 1،940 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް، ކަސްޓަމްސް އިން ބުންޏެވެ.
ނަމަވެސް ވޭޕް ކާޓްރިޖްތައް އަތުލި މައްސަލައިގައި ފުލުހުންނާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަސްޓަމްސްއިން ހާމަ ނުކުރެއެވެ.
ކަސްޓަމްސްއިން ދަނީ މި މައްސަލަ ބަލަމުންނެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން، އޭގެ އެއް މަސް ދުވަސް ފަހުން ވަނީ މަނާކޮށްފައެވެ.
އޭގެ ފަހުން، ވަގަށް ސިނގިރޭޓާއި ވޭޕް އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ.
އެގޮތުން ވޭޕް މަނާކުރި ފަހުން ހިފެހެއްޓި އޭގެ އެންމެ ބޮޑު ޝިޕްމެންޓް ހިފެހެއްޓީ މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅެވެ. އެގޮތުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފައިވެއެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާކުރި ކަމަށް ބުނި ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ފުލުހުން ނުބުނެއެވެ.
އަދި މިދިޔަ ފެބްރުވަރީ މަހުގެ މެދުތެރޭ، ރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު، 959 ނެނޯސްޓިކާއެކު މާލޭން ހައްޔަރުކޮށްފައިވެސް ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އަޅުގަނޑަށް ވޯޓުދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން: މޫސާ އަލީ ޖަލީލް
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ މަގާމުން ވަކިކޮށްފި
3 ގަޑިއިރު ކުރިން

އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފި
5 ގަޑިއިރު ކުރިން

ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)