
މަރުވި ދެ ގައިދީއެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

ރިޟްވާން މޫސާ - 08 ފެބްރުއަރީ 2026 - 11:29
މި ދިޔަ ހަފްތާގައި މަރުވި ދެ ގައިދީއެއްގެ ހަށިގަނޑު ޕޯޓްމޯޓަމް ހަދަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ ހަފްތާގައި މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނރ. 439، އުުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލް އާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ޙަސަން ނިޔާޒްއެވެ.
ނިއުމޯނިއާ ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން މަރުވެފައިވަނީ އިބްރާހިމް ސުޙެއިލް އެވެ.
މީގެ އިތުރުން ޙަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމް ދަނިކޮށެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފަކަމަށާއި، އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.






