logo
ގަލަތަސަރާއީ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން..

ގަލަތަސަރާއީ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން..

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ޔުވެންޓަސް އަތުުން ގަލަތަސަރާއީއަށް ފަސޭހަ މޮޅެއް

profile

ހަސަން ޝަމްއޫން - 18 ފެބްރުއަރީ 2026 - 01:02

ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކ 5-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ތުރުކީގެ ގަލަތަސަރާއީ އިން މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ޔުވެންޓަސް އިން ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 13 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 13 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ގަލަތަސަރާއީ އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 20 ވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ގަލަތަސަރާއީ އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޓީމު ބްރެޒިލް މިޑްފީލްޑަރު ގެބްރިއަލް ސަރާ އެވެ.

ނަމަވެސް ޖެހިގެންއައި މިނެޓުގައި ޔުވެންޓަސްގެ ޓިއުން ކޫޕްމައިނަރސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ 16 މިނެޓް ފަހުން ކޫޕްމައިނަރސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ގަލަތަސަރާއީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު. މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި ގަލަތަސަރާއީގެ ފޯވާޑް ނޯ ލަންގް ދެލަނޑު ކާމިޔާބުކުރިއިރު، ޑިފެންޑަރު ޑޭވިންސަން ސަންޗޭޒް އަދި ޑިފެންޑަރު ސަޗާ ބޯއީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މެޗުގެ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރު ހުއާން ކަބަލްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑުދައްކައި ދަނޑުން ފޮނުވާލުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކޮށްފައިވަނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު ޔުވެންޓަސްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk