logo

ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ޔުގާންޑާއާއެކު މަޝްވަރާކޮށްފި

profile

އައިޝަތު އިބްރާހިމް - 12 ޖޫން 2025 - 12:05

ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ޔުގާންޑާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

https://wamco.com.mv/

މި މަޝްވަރާތައްކޮށްފައިވަނީ، ޔުގަންޑާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޕްރޮފެސަރ ޖޮއިސް ކަކޫރާމަޓްސީ ކިކަފުންޑާވަނީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޔުގަންޑާގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް މުޢިއްޒު ވަނީ، އެކަމަނާއަށް މަރުޙަބާވިދާޅުވެ، ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީ އާއި، މޫސުމީ ވިލުންތެރިކަމާއި، ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޔުގާންޑާއިން ގެންގުޅުއްވާ ޝައުޤުވެރިކަމުގެ އަގުވަޒަންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމަށްވެސް ފައިދާކުރަނިވި މޭރުމަކުން އެކުގައި މަސައްކަތްކުރުންމަތީ ދިވެހި ސަރުކާރުން ދެމިތިބޭނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެއިތުރުން ފަރުދީ ފެންވަރުގައްޔާއި، ޘަޤާފީ ގޮތުންނާއި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ދިވެހިރާއްޖެއާއި ޔުގަންޑާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 30 ނޮވެމްބަރ 1993 ގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay