logo

ނިޒާމު ގަޑުބަޑު ކުރާކަށް ތާޢީދެއް ނެތް - ޤާސިމް

profile

އަހުމަދު ޒަލީފު - 01 އޮކްޓޯބަރު 2023 - 12:26

ސަންގު ބަހުސްގެ ތެރެއިން ޤާސިމް ؛ ފޮޓޯ ސަންގު

ސަންގު ބަހުސްގެ ތެރެއިން ޤާސިމް ؛ ފޮޓޯ ސަންގު

ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން އުޅޭ ނިޒާމީ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫން ކަން ކަމަށާއި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަމަށް ފުރިގަމަ އަށް ގަބޫލު ކުރެވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާގިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ ހުށަހަޅައިފައެވެ. މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގަވާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އެ ގަރާރާ ގުޅިގެން އެ ކޮމިޝަނުން ގާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ދައުރަށް ރައްޔިތުން ރައީސަކު އިންތިހާބުކޮށް އެ ނަތީޖާ ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ބަލައިގެންފައިވަނިކޮށް، ވަކި ބަޔަކު ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރަނީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފަށް ކަމަށެވެ.

ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި ނިޒާމު ގަޑުބަޑުކުރުމަކީ ގައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ އަދި ކޮށްގެން ވާނޭ ކަމެއް ވެސް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

މި ނިންމުމުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ހަމަޖެހުން ގެއްލި، ފަސާދައަށް މަގުފަހިވެގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ

https://wamco.com.mv/
tel:+9607331319