logo

ޑރ މުޢިއްޒަށް ޤާސިމް މަރުޙަބާ ވިދާޅުވެއްޖެ

profile

އަހުމަދު ޒަލީފު - 01 އޮކްޓޯބަރު 2023 - 11:58

ޤާސިމް ވޯޓު ލައްވަނީ

ޤާސިމް ވޯޓު ލައްވަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއެވެ.

ޑރ. މުއިއްޒު އަދި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓްގައި ޤާސިމް ވިދާޅުވީ، ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އިންތިހާބު ކުރެވުނު މަޤާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާ ވަފާތެރިކަމާ އެކު، ޤާނޫނީ ހުކޫމަތު ދަމަހައްޓާ، ދިމިޤްރާތީ ހަމަތަށް ނަގަހައްޓާ، ޤައުމުގެ މިނިވަންކަމާ، އިސްތިޤްލާލް ނަގަހައްޓާ، ދިވެހި ރައްޔިތުންގެ ހަައްޤުތައް ރައްކާތެރި ކޮށް، އެންމެހާ ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހިޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަން ޔަގީން ކުރައްވާ ކަމަށެވެ.

ޤާސިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީވެސް ވަނީ މުއިއްޒުއަށް މަރުހަބާ ކިޔާފައެވެ.

މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 126,842 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 53.0 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108,500 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.

https://wamco.com.mv/
tel:+9607331319