
އޭއެފްސީ އިން އެފްއޭއެމްގެ ދަރަނި މާފުކޮށްދީފި

މުޙައްމަދު ފަޟްލޫން - 27 ސެޕްޓެމްބަރު 2026 - 10:16
ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަންޖެހިފައި އޮތް ބޮޑު ދަރަނި، އެ ކޮންފެޑެރޭޝަނުން މަޢާފުކޮށްދީފިއެވެ.
އެފްއޭއެމުން ހާމަކުރި ގޮތުގައި، އޭއެފްސީއަށް އަނބުރާ ދައްކަންޖެހޭ 253،030 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.9 މިލިއަން ދިވެހި ރުފިޔާ) މިހާރު ވަނީ މަޢާފުކޮށްދީފައެވެ.
މީގެ އިތުރުން، އެ އެސޯސިއޭޝަނާ ދެކޮޅަށް އަޅާފައިވާ މާލީ ސަސްޕެންޝަންގެ ފިޔަވަޅުތައް ވެސް ވަނީ އުވާލާފައެވެ. މިއީ 2023 ވަނަ އަހަރު އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ދިން މާލީ އެހީއެކެވެ.
މި ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން އެންގީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލް އެ ފައިސާއަށް ހިޔާނާތްތެރިވެ، ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން، 2024 ވަނަ އަހަރުން ފެށިގެން އެފްއޭއެމަށް އެއްވެސް މާލީ އެހީއެއް ނުދިނުމަށް ވެސް އޭއެފްސީން ކުރިން އޮތީ ނިންމާފައެވެ.
އެހެންނަމަވެސް، މި ފައިސާ މަޢާފުކޮށްދީ، މާލީ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އޭއެފްސީން މިހާރު އުވާލާފައިވަނީ، އެކަމަށް އެދި އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ތަރިކަ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއަރުވަން މޭޔަރު ގޮވާލައްވައިފި
3 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖުން ހިނގާފައިދާ މީހުންނަށް ފިޔަވަޅު އަޅަނީ
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
835 މިލިއަން ރުފިޔާގެ ޚަރަދާއެކު ކުރިއަށްގެންދިޔަ ހިލޭ ޑިގްރީ ނިންމި ދަރިވަރުންގެ ސީދާ އަދަދެއް ނޭނގޭ
3 ގަޑިއިރު ކުރިން

ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މަތީ ސާނަވީ އިމްތިހާނަކީ މުހިންމު ފިޔަވަޅެއް: ރައީސް ޑރ. މުޢިއްޒު
3 ގަޑިއިރު ކުރިން


