
ބަނގުރާ ބޭނުންކުރިކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 06:57
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން 6 މީހުން ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރުމަހުގެ28 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 21 ފުޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ އާއި ސުގަންދަ ކުމާރު ޗައުދަރީ އާއި ޗައުދަރީ އާއި މަކަރް ބަހާދުރް ޓަމަންގް އާއި ބިޝްވަނާތް ޗައުދަރީ އާއި ރަމްރި މާޔާ ވައިބާ އެވެ.
މި އެންމެންނަކީ ވެސް ނޭޕާލް މީހުންނެވެ.
މި އެންމެން ވެސް ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފި
43 މިނިޓު ކުރިން

ޚާލިދާ އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ފޮނުއްވައިފި
43 މިނިޓު ކުރިން

ރޯދަ މަހަށް ބޭރުގެ ހާފިޒުން ގެނައުމަށް ވިސާއަށް އެދެން ހުޅުވާލައިފި
44 މިނިޓު ކުރިން

ބީޢެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ބީޓާ ޓެސްޓް ކުރަން ފަށައިފި
ގަޑިއިރެއް ކުރިން


