logo

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވޭ: މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް

profile

އައިޝަތު އިނާޝާ - 07 ޖެނުއަރީ 2026 - 07:49

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށްގެންދާ 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމަކީ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓަރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ވަރަށް ޚާއްސަ މަސައްކަތެކެވެ.

'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިގެން ގޮސްފައެވެ.

އެގޮތުން، ވީހާވެސް ގިނަ ބޭފުޅުން މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، ކުއްޖަކު ބެލެހެއްޓޭ ނުވަތަ ކުއްޖަކު ބަލަހައްޓަން ބޭނުންފުޅުވާނަމަ އެ މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތްކުރެއްވުމަށް މިނިސްޓަރ ޑރ ޢައިޝަތު ޝިހާމް ވަނީ އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay