logo

ޕީޓްރަލް އަޙްމަދުބެގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

profile

އައިމަން ޢަބްދުއްސައްތާރު - 06 އޭޕްރީލު 2026 - 11:50

ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށާ މައްޗަންގޮޅީގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އުމުރުން 86 އަހަރުގައި ޕީޓްރަލް އަހުމަދު ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

‏އޭނާ ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕީޓްރަލް އަޙުމަދަކީ، ހިތްހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއް ކަމަށެވެ.

”ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއް. މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި. ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި.“ ރައީސް ވިދާޅުވިއެވެ.

ޕީޓްރަލް އަހުމަދަކީ ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުރެއްވި ބޭފުޅެކެވެ. އަދި މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވީވެސް އޭނާއެވެ.

މީގެ އިތުރުން ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތްވެސް ދެއްވާފައުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk