logo

އެމެރިކާ އާއެކު އަދިވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އީރާނުން ބުނެފި

profile

ރިޟްވާން މޫސާ - 08 ފެބްރުއަރީ 2026 - 11:29

އެމެރިކާ އާއެކު އަދިވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އީރާނުން ހާމަކޮށްފި އެވެ.

https://wamco.com.mv/

ޢުމާނުގައި އިއްޔެ ކުރިއަށް ގެންދިޔަ އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ނިއުކްލިޔަރ މަޝްވަރާތަކުގެ ފެށުން ރަނގަޅު ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގްޗީ ވެސް ވަނީ ވަނީ ވިދާޅުވެފަ އެވެ.

ނަމަވބެސް ކުރިއަށް އޮތް ތަނުގައިވެސް މަޝްވަރާތައް ކުރިއަށް ގެންދާނީ ހަމަ އެކަނި ނިއުކުލިއަރ މަޝްވަރާތައް އެކަނި ކަމަށާއި، އީރާނުގެ ދާޙިލީ އެއްވެސް މައްސަލައެއްގައި އީރާނުން އެމެރިކާ އާއެކު މަޝްވަރާ ނުކުރައްވާނެ ކަމަށެވެ.

އޮމާންގެ މަސްކަޓްގައި ހުންނަވައިގެން އީރާނުގެ ރަސްމީ ޓީވީއަށް ދެއްވި ލައިވް އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވި އިއްޔެގެ މި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދެގައުމުގެ ދެމެދުގައި މިކަމަށް ފްރޭމްވޯކެއް އެކުލަވާލުމަށް ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު 1980 ވަނަ އަހަރުން ފެށިގެން ރަސްމީ ހާރިޖީ ގުޅުމެއް ނެތެވެ. މިދިޔަ އަހަރު މަސްކަޓްގައި ބޭއްވި މަޝްވަރާތައް ހުއްޓުމަކަށް އައީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay