logo

ތިޔަ އުޅުއްވަނީ ރާއްޖެ ރޫޅާލަން: ރައީސް ނަޝީދު

profile

އާމިނަތު ޝަޒްލާ - 23 އޯގަސްޓު 2026 - 07:35

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަނެއްކާ ތި ފައްކާކުރައްވަނީ ރަނގަޅު ބަގާވާތެއް ކަމަށާއި، ދިވެހިރާއްޖެ ރޫޅާލުމަށް މަސައްކަތް ކުރައްވާ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި މީހުން އަލުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުރަތަމަ އުވާލެއްވީ އަތޮޅުތައް ކަމަށާއި، މި ރާއްޖެއަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެއް ކަމަށްވާއިރު، މިތަނުގައި އަތޮޅު އުވާލައިފި ކަމަށާއި، ހުވަދުއަތޮޅެއް ނެތް ކަމަށާއި، މިއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅު ކަމަށް ކުރީގެ ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ތިނަދޫ ރައްޔިތުން އަތުން ބިންތައް އަތުލައްވާއިރު ރަށުގެ ތާރީހަށް މުއިއްޒު ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށާއި އެ ރަށްރަށުގެ ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރައްވަނީ ރައްޔިތުންނަށް ޖައްސާ ހާލުން ކަމަށެވެ.

ގާނޫނަށް ބަދަލު ގެނެސްގެން ވަޒީރުންގެ މަޖިލީހަށް ރަށްރަށުގެ ބިންތައް ރަށުގެ އިހުތިސާސުން ވަކިކުރެވޭ ގޮތަށް ބަދަލުކޮށްފިނަމަ ރައްޔިތުން މަޑުން ނުތިބޭނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319