logo

މަސްވެރިންގެ ދަފްތަރުގައި 50 އިންސައްތަ ދޯނި ރަޖިސްޓްރީކޮށްފި

profile

އާމިނަތު ޝަފާ - 25 ސެޕްޓެމްބަރު 2024 - 11:45

މަސްވެރިކަން ކުރަނީ

މަސްވެރިކަން ކުރަނީ

މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 50 އިންސައްތައަށް ވުރެ ގިނަ މަސްވެރި އުޅަނދުތައް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އަސްލު ޓީވީއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ރާއްޖޭގެ 11 އަަތޮޅުތަކުގައި މިނިސްޓްރީގެ ޓީމުތައް ވަނީ ހަރަކާތްތެރިވެފައެވެ.

މިނިސްޓްރީގެ ޓީމުތައް ދަތުރުކުރި އަތޮޅުތަކަކީ:

  • އައްޑޫ ސިޓީ
  • ފުވައްމުލައް ސިޓީ
  • ކ. އަތޮޅު
  • ބ. އަތޮޅު
  • ށ. އަތޮޅު
  • ހދ. އަތޮޅު
  • ހއ. އަތޮޅު
  • ގދ. އަތޮޅު
  • ގއ. އަތޮޅު
  • ލ. އަތޮޅު
  • ފ. އަތޮޅު

މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުމެވެ.

ދަފުތަރުގެ މަސައްކަތް ނިމޭއިރު، ރާއްޖޭގައި މަހަށް ދުއްވާ ހުރިހާ ދޯންޏަކާއި، ކެޔޮޅުންނާއި އަދި ފަޅުވެރިންގެ ރަސްމީ މައުލޫމާތު ވުޒާރާގެ ޑޭޓާބޭސްގައި ރައްކާކުރެވި ބެލެހެއްޓިގެން ދާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. މަސްވެރިންގެ ދަފުތަރުން މަސްވެރިޔާއަކީ ދައުލަތް ބަލައިގަންނަ އަބުރުވެރި ފަރާތަކަށް ވެގެންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

https://int.etukuri.mv/
tel:+9607331319