logo

މިނިސްޓަރ މާރިޔާ 6 ވަނަ 'ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން' ސަމިޓްގައި ބައިވެރިވެވަޑައިގެންފި

profile

އައިޝަތު އިނާޝާ - 20 އޮކްޓޯބަރު 2024 - 12:45

ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ހަވަނަ 'ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން' ސަމިޓްގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ބައިވެރިވަޑައިގަންނަވައިފިއެވެ.

ޔުނެސްކޯ އަދި ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމްކޮށްގެން މި އޮކްޓޯބަރ މަހުގެ 17 އަދި 18 ވަނަ ދުވަހު، ފްރާންސްގެ ޕެރިހުގައި ކުރިއަށް ދިޔަ މި ސަމިޓްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅުންގެ މެދުގައި، ތަޢުލީމީ ދާއިރާގައި އުފެއްދުންތެރިކަން އިތުރުކުރުމާއި ގުޅިގެން މަޝްވަރާކޮށް، މަޢުލުމާތު ޙިއްސާކުރުމަށް ބޭއްވުނު ސަމިޓެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ސަމިޓްގައި، ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފްރޭންކް ލޯ، ޗެއަރ އޮފް ޔުނެސްކޯ-އައިއައިޓީއީ ގަވަނިންގ ބޯޑް، ޕްރޮފެސަރ އާޝާ ކަންވަރް އަދި ޑައިރެކްޓަރ އޮފް ޔުނެސްކޯ-އައިއައިޓީއީ، ޓައޯ ޒަންއާއި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރ ސީޝެލްސްގެ އެޑިޔުކޭޝަން މިނިސްޓްރ، ޖަސްޓިން ވެލެންޓިންއާއި ވެސް ބައްދަލުކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

https://wamco.com.mv/
tel:+9607331319