logo

ހުރާ ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 30 ޑިސެމްބަރު 2025 - 06:57

ކ. ހުރާގައި ހުންނަ ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި އެވެ.

https://wamco.com.mv/

ލެބޯޓްރީގެ ހިދުމަތް ހުރާގެ ސިއްހީ މަރުކަޒުގައި އިފްތިތާހުކުރީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހުރާ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

ހުރާގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާއިރު، 2026ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހައި ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.

ލެބޯޓްރީގް ހިދުމަތާއި އެކު ހުރާގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ހުރާގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެއެވެ.

މީގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތާއ،ި މޭސަނަރީ މަސައްކަތާއ،ި ޓައިލްސް ޖެހުމުގެ މަސައްކަތާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއ،ި ދަވާދު ލުމާއ،ި ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއ،ި ކަރަންޓު ވަޔަރުކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއ،ި އެއަރ ކޮންޑިޝަން ހަރުކުރުމާއ،ި އަލިފާން ނިއްވުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay