
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ދީދީ (އައިބީ)
ރާއްޖޭގައި އޮތް ވެރިކަން ހިންގުމުގެ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއް : އައިބީ

މުޙައްމަދު ފަޟްލޫން - 07 މޭ 2025 - 13:08
ރާއްޖޭގައި އޮތް ވެރިކަން ހިންގުމުގެ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ،
އަސްލުޓީވީގެ ރަތް ރޮނގު ޕްރޮގްރާމްގައި އައިބީ ވިދާޅުވީ ދުނިޔޭގެ އެެހެން ގައުމުތަކުގައި ހިނގާ ވެރިކަމުގެ ނިޒާމާއި އަޅާބަލާއިރު ރައްޖޭގައި އޮތީ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށެވެ.
ވެރިކަމުގެ ނިޒާމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ފުރިހަމަވެފައިވާ ނިޒާމެއް ނޫން ކަމަށް އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ރިޔާސީ ނިޒާމުގައި ވެސް އަދި ބަރުލަމާނީ ނިޒާމުވެސް ފުރިހަމަ ނުވާ ކަމަށެވެ.
ދިވެހިރާއްޖެއަށް ކޮންމެ ސަރުކާރެއް ވެރިކަމަށް އަޔަސް އަންނަނީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައް ތަކެއް ކޮށްދިނުމުގެ މަގްސަދުގައި ކަމަށް އައިބީ ވިދާޅުވިއެވެ. ވެރިކަމަށް އައުމަށްފަހު އޮންނަނީ އެބައެއްގެ ހުރި ތެދުވެރި ކަމާއި އިހްލާސްތެރިކަން ކަމަށް އައިބީ ވިދާޅުވިއެވެ. އެގޮތުން އެބައެއްގެ ދައުރު ނިމެންވާއިރަށް އެކަންތައްތައް ތަންފީޒު ކުރާ މިންވަރަށް ބަލައި ރައްޔިތުން އެވެރިއަކު ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ ކަމަށް އައބީ ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރި ނުވުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ނުކުރުމާއި ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއުތައް ވައުދުވެފައިވާ ނަމަ އެކަންތައްތައް ހިންގުން ފަދަ ކަންކަމަކީ ވެރިއަކަށް ހުންނަ މީހާގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށް އައިބީ ވިދާޅުވިއެވެ.
ރައްޔިތުންނާއި ގުޅުންހުރި ކަންކަން ތަންފީޒު ނުކޮށްފިނަމަ ޖެހިގެން އަންނަ ރިޔާސީ އިންތިހާބެއްގައި އެކަމުގެ އަދަބު ރައްޔިތުން ވެރިއަކަށް ހުންނަ މީހަކަށް ދޭ ކަމަށް އައިބީ ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުގައި އައިބީ ވިދާޅުވީ މިއަދާ ހަމައަށް މި ޑިމޮކްރަސީގައި އެކި ސަރުކާރުތައް ރިޕީޓްވެ ބަދަލުވަމުން ގޮސްފައިވާ ކަމަށެވެ.
އެންމެ ސަރުކާރަށްވެސް ދެ ދައުރެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އައިބީ ވިދާޅުވިއެވެ. އެހެން ދިމާވަނީ ކޮންމެވެސް ސަބަބުތަކެއް އެކަމުގައި އެކުލެވޭތީ ކަމަށް އައިބީ ވިދާޅުވިއެވެ.
މީގެ އިތުރުން އައިބީ ވިދާޅުވީ ސިޔާސީ ޕާޓީތައް ގުޅިގެން ވެރިކަން ކުރުމަކީ ބަރުލަމާނީ ނިޒާމްގެ ވައްތަރެއް ކަމަށެވެ. އެހިސާބުން ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމް އެކުވެ ނިޒާމް ގަޑުބަޑުވެފައިވާ ކަމަށް އައިބީ ވިދާޅުވިއެވެ.
ވެރިކަމަށް އަންނަ ޕާޓީއަކާއި ބާކީ ތިބި ޕާޓީތަކުން ކޯލިޝަން ހަދަނީ ޝަރުތުތަކަކާ އެކުގައި ކަމަށް އައިބީ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދަނޑުވެރިކަމުގެ ޤައުމީ ސިޔާސަތު އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި
7 ގަޑިއިރު ކުރިން

ދިއްފުށީގެ ތަންތަން އެޗްޕީއޭއިން އިންސްޕެކްޓްކޮށްފި
7 ގަޑިއިރު ކުރިން

މޫސުން ތަންނުދިނުމުގެ ސަބަބުން "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ މިރޭގެ އެއްވުން ފަސްކޮށްފި
7 ގަޑިއިރު ކުރިން

ރައީސް މުއިއްޒު އެއުޅުއްވަނީ ރާއްޖެއަށް ސެކިއުލަރިޒަމް ތައާރަފްކުރަން: އަލީ ހުސެއިން
7 ގަޑިއިރު ކުރިން


