logo
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން / ފޮޓޯ: އަސްލު ޓީވީ

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން / ފޮޓޯ: އަސްލު ޓީވީ

ރައީސް މުއިއްޒު އެއުޅުއްވަނީ ރާއްޖެއަށް ސެކިއުލަރިޒަމް ތައާރަފްކުރަން: އަލީ ހުސެއިން

profile

މުޙައްމަދު ފަޟްލޫން - 20 ނޮވެމްބަރު 2026 - 14:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވަނީ ދިވެހިރާއްޖެއަށް ސެކިއުލަރިޒަމް ތައާރަފުކުރެއްވުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގައުމީ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސެއިން ތުހުމަތުކުރައްވައިފިއެވެ.

https://wamco.com.mv/

އަސްލު ޓީވީގެ ދީލާނުލާށޭ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ރައީސް މުއިއްޒު މަސައްކަތްކުރައްވަނީ އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރުތައް ރާއްޖޭގައި އުފުލުމަށް ކަމަށެވެ. އެގޮތުން، އެހެން ދީންތަކަށް ނިސްބަތްވާ ފަރާތްތައް ރާއްޖެ ގެނެސް، ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އަލީ ހުސެއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ އެހެން ދީންތަކުގެ މީހުން ރާއްޖެއަށް ގެނެސް ރަސްމާލޭގައި ވަޒަންވެރިކުރުވުމުން، އެ ފަރާތްތަކުގެ އަޅުކަންތައް ފުރިހަމަކުރުމަށްޓަކައި ފައްޅިތަކާއި ޗާޗުތައް އެޅުމުގެ ހުއްދައަށް އެދޭނެއެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުކާބެހޭ މުއާހަދާ (އައިސީސީޕީއާރު) ގައި ބައިވެރިވެފައިވާ ގައުމަކަށް ވާތީ، އެ މުޢާހަދާގެ ދަށުން އެފަދަ ފަރާތްތަކުން ކުރާ ޑިމާންޑުތަކަށް ދެކޮޅުހެދުމުގެ ފުރުސަތު ސަރުކާރަށް ހަނިވެ، އެ ޙައްގުތައް ހޯދައިދޭން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ވަޒަންވެރިކަން ދީފިނަމަ، އެ ފަރާތްތަކުން އެދޭ މިފަދަ ކަންކަމަށް އިންކާރުކުރުމުގެ ބާރު ދިވެހި ސަރުކާރަށް ގެއްލިގެންދާނެ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން އައިސީސީޕީއާރު މުއާހަދާ ބަލައިގަނެފައިވަނީ ރިޒަވޭޝަނެއް (އިސްތިސްނާއެއް) ހިމަނައިގެންނެވެ. އެއީ، ދިވެހިންނަކީ ޒަމާނުއްސުރެ ސައްތައިން ސައްތަ މުސްލިމުން ކަމަށްވާތީ، ރާއްޖޭގައި އެހެން ދީންތަކުގެ އަޅުކަންތައްތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިސްތިސްނާއެކެވެ. މިކަމުގެ ސަބަބެއް ކަމަށް އަލީ ވިދާޅުވީ، ދިވެހިން އެއް ދީނެއްގައި ދެމިތިބޭތާ 900 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، އެހެން ދީންތަކަށް ފުރުސަތު ދީފިނަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ގެއްލިގެން ހިނގައިދާނެތީއެވެ. އަދި އޭގެ ނޭދެވޭ އަސަރު ގައުމުގެ އިގްތިސާދަށާއި މިނިވަންކަމަށްވެސް ފޯރާނެތީއެވެ.

ނަމަވެސް، ރާއްޖޭގައި ބޭރުގެ މީހުން ވަޒަންވެރިކުރުވައިފިނަމަ، ބައިނަލްއަގްވާމީ ގޮތުން އެމީހުންގެ ހައްގުތަކަށް ވަކާލާތުކޮށް އެދޭ ކަންކަން ފަހިކޮށްދޭން ދިވެހި ދައުލަތަށް މަޖުބޫރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319