
މާލެއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

އާމިނަތު ޝަޒްލާ - 12 ޖޫން 2026 - 10:58
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، މަގުތަކުން ފެން ހިންދުމަށްޓަކައި އެމްއެންޑީއެފުން އަންނަނީ ތިން ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ. އެއީ މާފަންނު ވެސްޓްޕާކް ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދެވެ.
މޫސުން ގޯސްވުމާ ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ސަމާލު ނެރެފައެވެ. އެގޮތުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:45 އިން ހަވީރު 17:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ނެރުނު ހުދު ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 16:00 އަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވާނެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
4 ގަޑިއިރު ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 ގަޑިއިރު ކުރިން

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
6 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)