
ހިމަބިހީގެ 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފަށަނީ

އާމިނަތު ޝަޒްލާ - 30 މޭ 2026 - 05:30
ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ނިންމައިފިއެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު މީސްމީޑިއާއަށް ދެއްވި އިންޓައިއުއެއްގައި ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓާ، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިން އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބހީގެ ވެކްސިންގެ 2ޑޯޒު ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ވެކްސިންގެ ސަބަބުން ބަލީގައި ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަކޮށްދެއެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑުވާ މީހުންގެ ތެރޭގައި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ހިމެނެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ.
ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ކަނޑު ގަދަވާނެ: މެޓް އޮފީސް
39 މިނިޓު ކުރިން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގަ ވޯޓުލާ ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވާނެ: އީސީ
40 މިނިޓު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި
ގަޑިއިރެއް ކުރިން

ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)