
މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު އަލުން ފަށަނީ

މުޙައްމަދު ފަޟްލޫން - 06 އޭޕްރީލު 2026 - 11:51
މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު އަލުން ފަށަން ހަމަޖެހިއްޖެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަދުވަހު އަލުން ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މެދުކެނޑުމަކަށްފަހު މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު އަލުން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މަޖިލީހުގެ ޖަލްސާތައް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަސް ނިމެން 11 ދުވަހަށް ވެފައި ވަނިކޮށެވެ.
އަންނަ ހަފުތާއަށް މަޖިލީހުގެ ޖަލްސާތައް ތާވަލުކުރިއިރު، ޖަލްސާއެއް ނުބާއްވާތާ މިހާރު ވަނީ 35 ދުވަސް ވެފައެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުވަރީ 5 ގައި ފެށުމަށްފަހު، އެ މަހުގެ 10، 11، އަދި 17 ވަނަ ދުވަހުގެ އިތުރުން މާޗް 8 ގައި ޖަލްސާތައް ބޭއްވުނެވެ. ނަމަވެސް، އޭގެ ފަހުން މިހާތަނަށް އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.
މަޖިލީހުގެ ތަޅުމުގެ ޖަލްސާތައް މެދުކެނޑިފައި އޮތް ނަމަވެސް، ކޮމިޓީތަކުގެ މުހިންމު މަސައްކަތްތައް ކުރިއަށް ގޮސްފައިވެއެވެ. އެގޮތުން އެންމެ ފަހުން ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.
މަޖިލިސް އަލުން ހުޅުވޭއިރު މުހިއްމު ބިލުތަކެއް ސަރުކާރުގެ ފަރާތުން ހުށަހަޅަން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަޅުގަނޑަށް ވޯޓުދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން: މޫސާ އަލީ ޖަލީލް
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ މަގާމުން ވަކިކޮށްފި
3 ގަޑިއިރު ކުރިން

އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފި
5 ގަޑިއިރު ކުރިން

ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)