
ފަހު ދިހައެއްގެ ދެ ދުވަހަކު އެމްއެމްއޭއިން ޚިދުމަތްދޭނެ

ޝަހްޒާ މުޙައްމަދު - 22 ފެބްރުއަރީ 2026 - 15:14
ރަމަޟާން މަހު ފަހު ދިހައެއް ބަންދު ނަމަވެސް އާންމުންނަށާއި ބޭންކުތަކަށް ޚިދުމަތް ދިނުމަށް ފަހުދިހައިގެ 2 ދުވަހަކު އެމްއެމްއޭ ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބުނީ ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާރިޗު މަހު 11 ވަނަ ދުވަހާއި 18 ވަނަ ދުވަހު ކަމަށެވެ. އަދި މި ދެ ދުވަހު އެމްއެމްއޭއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 9:00 އަކުން މެންދުރުފަހު 01:00 އަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
އެމްއެމްއޭއިންބުނެފައިވަނީ މާރިޗު މަހު 11 އަދި 18ވަނަ ދުވަހު ފައިސާ ދޫކޮށް ބަލައިގަތުމާއި، ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ޚިދުމަތް ކުރިއަށް ދާނީ ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށެވެ.
ރަމަޟާން މަހާއި، ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުނޫން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް އެމްއެމްއޭއިން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހުގެ ފަހުދިހައެއް ސަރުކާރު ބަންދު ނަމަވެސް، އެކިއެކި އިދާރާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ އިދާރާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމުގެ އިންތިޒާމު ކޮންމެ އަހަރަކުވެސް ދަނީ ކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި!
2 ގަޑިއިރު ކުރިން

ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އަންގައިފި
8 ގަޑިއިރު ކުރިން

މިހާތަނަށް 11 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށްފި
8 ގަޑިއިރު ކުރިން

ކެމްޕޭނަށް ރައީސް މައްޗަންގޮޅީގައި ދޮރުން ދޮރަށް
8 ގަޑިއިރު ކުރިން


.gif&w=3840&q=75)