logo

މިހާތަނަށް 11 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށްފި

profile

ޝަހްޒާ މުޙައްމަދު - 22 ފެބްރުއަރީ 2026 - 15:14

ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 11 ރަށެއްގައި ލެބޯޓަރީ ޤާއިމްކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެޚިދުމަތްދޭން ފެށުމަށް ޚާއްސަ މަޝްރޫއެއް ފެއްޓެވީ 2024ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ގިނަ ރަށްރަށުގައި ނެތުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

https://wamco.com.mv/

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓްރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

ހެލްތް މިނިސްޓްރީއިން ބުނީ މިއަހަރުގެ ނިޔަަލަށް ލެބޯޓްރީ ނެތް 76 ރަށެއްގައި ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 11 ރަަށެއްގައި ލެބޯޓަރީ ޤާއިމްކޮށް ޙިދުމަތް ދެމުންދާކަމަށެވެ.

. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk