logo

ސޫރިޔާގެ ޙަލަބުގައި ދެ ވައިގެ ބަނދަރު ތަރައްޤީ ކުރަނީ

profile

ރިޟްވާން މޫސާ - 08 ފެބްރުއަރީ 2026 - 11:29

ސޫރިޔާގެ ޙަލަބުގައި ދެ ވައިގެ ބަނދަރު ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށް އެގައުމުން ހާމަކޮށްފި އެވެ.

https://wamco.com.mv/

ސޫރިޔާގެ ހަކަތައިގެ ދާއިރާއާއި އޭވިއޭޝަން ދާއިރާއާއި ރިއަލް އެސްޓޭޓު ދާއިރާއާއި ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންވެސްޓު ކުރުމަށް ނިންމާފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.

މި އިންވެސްޓްމަންޓަށް ގާތްގަނޑަކަށް 2.3 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓުމަންޓު ފަންޑެއް ވަނީ ތަޢާރަފުކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވަޒީރު، ޚާލިދު އަލް-ފާލިޙް ވިދާޅުވީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށެވެ.

ސިވިލް އޭވިއޭޝަން ދާއިރާއިން ސަޢުދީ ޢަރަބިއްޔާގެ ބަޖެޓު އެއާލައިންއެއް ކަމަށްވާ ފްލައިނަސްއާއި ސޫރިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ދެމެދު “ފްލައިނަސް ސީރިޔާ”ގެ ނަމުގައި އައު އެއާލައިނެއް އުފެއްދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ޖޮއިންޓް ވެންޗާގެ 51 އިންސައްތަ ޙިއްޞާ އޮންނާނީ ސޫރިޔާގެ އަތުގައެވެ. އަދި ބާކީ 49 އިންސައްތައަކީ ފްލައިނަސްގެ ޙިއްޞާއެވެ. މި އަހަރުގެ ފަހު ކުއާޓާގައި އެއާލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay