logo

ރަސްމާލެ މަޝްރޫއު: ސައިޓް އޭގެ 64 ހެކްޓަރުގެ ބިން ހިއްކައިފި

profile

އައިޝަތު އިނާޝާ - 07 ޖެނުއަރީ 2026 - 07:08

"ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢު ދަށުން، ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 64 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ މަޝްރޫއު ހިންގާ ކުންފުނި އެމްއޭސީއެލްއިން މިއަދު ބުނެފިއެވެ.

https://wamco.com.mv/

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު ކަމަށްވާ "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު 4 ކުންފުންޏަކުންދަނީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއުގެ މަސައްކަތް ފެށީ 2024 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ސައިޓް އޭގެ މަސައްކަތް ފެށީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ.

12 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއި ހަވާލުކޮށްފައިވާ "ސައިޓު އޭ"ގެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން އެމްއޭސީއެލް އިން މިއަދު ބުނީ އަންގާރަ ދުވަހާއި ހަމައަށް އެސަރަޙައްދުން 64 ހެކްޓަރުގެ ބިން ހިއްކާވަނީ ނިންމާލާފަ ކަމަށެވެ. އެއީ ސައިޓު އޭގައި ހިމެނޭ 138 ހެކްޓަރުގެ ތެރެއިން 47 އިންސައްތައެވެ.

ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން "ޓްރެއިލާ ސަކްޝަން ހޮޕާ"ގެ އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓަބެލް ކޮލޯން" ކިޔާ އެ ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ތިން ގުނަ ހަލުވި ކޮށްފައެވެ.

ރަސްމާލެ އެއްކޮށް ހިއްކައި، އަންނަ މާޗް ނުވަތަ އެޕްރީލް މަހަށް ނިމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay