
ޕްރިފަރެންޝަލް ވޯޓިންގ ނިޒާމެއް ރާއްޖެއަށް ގެނައުމަކީ ހިކިދިޔައިގައި ފަރުމައްޗަށް އޮޑިބޭލުން ކަހަލަކަމެއް: ބޮންޑެ

މުޙައްމަދު ފަޟްލޫން - 07 މޭ 2025 - 12:40
ޕްރިފަރެންޝަލް ވޯޓިންގ ނިޒާމެއް ރާއްޖެ ގެނައުމަކީ ހިކިދިޔައިގައި ފަރުމައްޗަށް އޮޑިބޭލުން ކަހަލަ ކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ރަތްރޮނގު ޕްރޮގްރާމްގައި ބޮންޑެ ވިދާޅުވީ ޕްރިފަރެންޝަލް ސިސްޓަމެއް ގާއިމްކުރަން ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މެދުގައި ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ބޮންޑެ ފާހަގަކުރެއްވީ ޝަރުއީ ދާއިރާގެ އިތުބާރު ކުޑަވެފައިވުމެވެ.
ސަރުކާރާއި ދޭތެރޭގައި ރައްޔިތުންގެ އިތުބާރު މިހާރު ނެތްކަން ފާހަގަކުރައްވައި ބޮންޑެ ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ ވައުދުތައް ފުއްދަން ކަމަށެވެ.
ވެރިކަމަށް 500 އަށް ވުރެ ގިނަދުވަސް ވެގެންގޮސްފައިވާއިރު ބޮންޑެ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ބޮޑުވެފައިވާ ކަމަށެވެ.
މިހާރުވެސް ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވެން ކަންތައްތަކެއް ހުރިކަމަށް ބޮންޑެ ވިދާޅުވިއެވެ. އެގޮތުން ގޯތިތަކާއި ހަވާލުކޮށްފައި ހުރި ފްލެޓްތައް އޭގެ ހައްގުވެރިންނާއި ހަވާލުކުރުމަށް ބޮންޑެ ސަރުކާރަށް ގޮވާލެއްވިއެވެ.
ޕީއެންސީގައި މެމްބަރުން ގިނަވާހަކައިގެ ރައްދުގައި ބޮންޑެ ވިދާޅުވީ ޑީއެންއާރުގެ ޑާޓާބޭސް އެއްކޮށް ކަހާލައިގެން ޕީއެންސީއަށް 60 ހާސް މެމްބަރުން ވައްދާފައިވާ ކަމަށެވެ. އެކަމަކީ ރައްޔިތުންގެ ލޯކުރިމަތީގައި ހިނގައިދިޔަ ކަމެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ބޮންޑެ ވިދާޅުވިއެވެ.
މިސަރުކާރަށް ރައްޔިތުން އިތުރަށް ވޯޓެއް ދީފާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ. އެކި ސިޔާސީ ޕާޓީތަކުގައި ތިބި ގިނަ އަދަދެއްގެ މެމްބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ވަގަށް މެމްބަރުން ޕީއެންސީއަށް ވެއްދި މައްސަލަ ފުލުސް އޮފީހަށާއި އީސީއަށް ހުށަހެޅި ނަމަވެސް އެކަމަށް މިސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދަނޑުވެރިކަމުގެ ޤައުމީ ސިޔާސަތު އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި
7 ގަޑިއިރު ކުރިން

ދިއްފުށީގެ ތަންތަން އެޗްޕީއޭއިން އިންސްޕެކްޓްކޮށްފި
7 ގަޑިއިރު ކުރިން

މޫސުން ތަންނުދިނުމުގެ ސަބަބުން "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ މިރޭގެ އެއްވުން ފަސްކޮށްފި
7 ގަޑިއިރު ކުރިން

ރައީސް މުއިއްޒު އެއުޅުއްވަނީ ރާއްޖެއަށް ސެކިއުލަރިޒަމް ތައާރަފްކުރަން: އަލީ ހުސެއިން
7 ގަޑިއިރު ކުރިން


