
ސިޔާސީ ޕާޓީތަކުން ރޭނގަޑު ބާއްވާ މުޒާހަރާތަކުގައި އާންމު މިންގަނޑުތަކާއި ޙިލާފު ނުވުމަށް ދަންނަވަން: އެޗްއާރުސީއެމް

ރިޟްވާން މޫސާ - 21 އޭޕްރީލު 2026 - 05:27
ބައެއް ސިޔާސީ ޕާޓީތަކުން ހާއްސަ ގޮތެއްގައި ރޭގނޑު ބާއްވަމުން އަންނަ މުޒާހަރާ ތަކުގައި އާންމު އިޖުތިމާއީ މިންގަނޑު ތަކާއި ޙިލާފަށް އަމަލު ކުރަމުންދާތީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފި އެވެ
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފަިއވަނީ ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުގައި ސިލްސިލާ ގޮތެއްގައި މާލޭ ސިޓީގައި ބާއްވަމުން ގެންދާ އެއްވުން ތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޙިލާފު ވާހަކަ ދައްކައި، އެވާހަކަތައް މީޑިޔާގެ ޒަރީޔާއިން އާންމުވެ އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ނަފުރަތު އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޕާޓީތަކަށް ނިސްބަތްވާ އެކިއެކި ފަރާތްތަކުން އަމަލުކުރަމުން އަންނަ ކަމަށެވެ.
މި ބަޔާނުގައި ވަނީ މިފަދަ އެއްވުން ތަކަކީ ގާނުނު އަސާސީން ވަރަށް ބޮޑަށް ލިބިފައިވާ ކޮންމެ ރައްޔިތެއްގެ ވެސް އެއްވެ އުޅުމުގެ ހައްގެއް ކަމަށާއި، އެއްވެ އުޅުމުގެ މިނިވަން ކަމުގެ ހުދޫދުގެ ތެރެއިން ގާނޫނު ތަކާއި ގަވައިދުކަށް ބޯލަނބައި އިޖުތިމާއީ މިންގަނޑު ހިފެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އަދި މީގެ އިތުރު ސިޔާސީ ޕާޓީތަކުން ހިންގާ މިފަދަ އެއްވުންތައް ގެނެސްދިނުމުގައި ސޯޝަލް މީޑިޔާގައި ވެސް މިފަދަ އިޖުތިމާއީ މިންގަނޑު ތަކާއި ޙިލާފު ވާހަކަތާއި ކޮންޓެންޓުތައް ނުހިމެނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަން ކަމާއި، ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފުމުގައި އެހެން މީހުންގެ ކަރާމަތާއި، ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި ހަމަ ނުޖުހެމުަށް މަގުފަހިވާ ޒާތުގެ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
4 ގަޑިއިރު ކުރިން

ނުކިޔަވާ ނާގާބިލް މީހުންނަކަށް ވަޒީފާއެއް ނުދޭނަން: ރައީސް
ދުވަހެއް ކުރިން

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
ދުވަހެއް ކުރިން

އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް
ދުވަހެއް ކުރިން


.gif&w=3840&q=75)