logo

"ބޮޑުތަކުރުފާނު މަގު" ރައީސް ފާލަމުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލް އާ ހަމައަށް މަގުހަދައި މާދަމާ ހުޅުވަނީ

profile

ރިޟްވާން މޫސާ - 23 ޖުލައި 2026 - 16:21

މާލޭ ބޮދުތަކުރުފާނު މަގުގެ މަސައްކަތް މުޅިން ނިންމައި މާދަމާ ހަވީރު އާންމުންނަށް ހުޅުވާލައްވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި އަލަށް ތަރައްޤީ ކޮށްފައިވާ ޕާކިން ޒޯނު ސަރަހައްދުގައި ގަސް އިންދުމަށް މިއަދު ބޭއްވި ހަރަކާތް ނިންމާލުމަށްފަހު "އަސްލުޓީވީ" އަށް ދެއްވި އިންޓަރވިއުގައި މިނިސްތަރ މުއްތަލިބް ވިދާޅުވީ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ވެސް ހިންހަމަޖެހޭ ގޮތަކަށް ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މމި މަގު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް މިވަގުތު ނުބޭއްވި ކަމުގައިވިނަމަވެސް މާދަމާ ހަވީރު މަގު އާންމު ރައްޔިތުންނަށް ހުޅުވާލުމުން މާލޭގެ ޓްރެފިކްގެ މައްސަލަ އަށް ވަރަށް ބޮޑުތަނުން ލުއި ލިބިގެންދާނެ ކަމަށެވެ.

މުއްތަލިބް އިތުރަށް ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްްގައި ބޮޑުތަކުރުފާނު މަގުގެ ބާކީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނޯތު ހާބަރަ ސަރަހައްދުން ފެށިގެން މާލޭގެ ވަށައިގެން ބާކީ ތާރު އެޅުމާއެކު މަގު ނުހަދައި ހުރި ބައިތައް ހެދުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށާއި، ރައީސް ޑރ މުހައްމަދު މުއިއްްޒުގެ އިރުޝާދުގެ ދަށުން ކުރަމުންދަނީ ރައްޔިތުންނަށް ވަރަށް ފައިދާހުރި މުހިންމު މަސައްކަތެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީގެ އެކިއެކި ދާއިރާތަކުން 200އެއްހާ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ސައުދީ ވިދާޅުވީ، އެމްޓީސީސީއަކީ ދަތުރުފަތުރުގެ ޚިދުމަތްވެސް ދޭ ކުންފުންޏަކަށްވާއިރު، ސަރުކާރުން ފަށާފައިވާ ރިންގު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތާއެކު މިހާރު ދިމާވަމުންދާ ޓްރެފިކުގެ މައްސަލަ ހައްލުވެ، ބަހުން ދަތުރުކުރާ ފަރާތްތަަކަށްވެސް އޭގެ ފަސޭހަ ލިބޭނެ ކަމަށެވެ.

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދެވެ.

މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފަލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ވަނީ ތާރު އަޅާފައެވެ. އެމްޓީސީސީން ދަނީ، މި ސަރަހައްދުގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތުގެ އިތުރުން މަގު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk