އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މަންމާފުޅު އަވަހާރަވެއްޖެ
އަހުމަދު ޔައީޝް - 30 ޑިސެމްބަރު 2022 - 08:18
މޯދީ މަންމާފުޅުގެ ފައި ދޮއްވަނީ—-
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މަންމާފުޅު އަވަހާރަވެއްޖެއެވެ.
ހީރަބަން މޯދީ އަވަހާރަވީ އުމުރުން 99 އަހަރުގައި ގުޖުތާތުގައި، ހާލުކޮޅު ސީރިއަސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުއެވެ.
ހީރަބަން އަވަހާރަވިއިރު، ގުޖުރާތުގައި މަންމާފުޅު އަރިހުގައި މޯދޯ ވެސް ހުންނެވިއެވެ. އަދި ހާލުކޮޅު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދިޔަ އެމްބިއުލާންސްގައި ވެސް މޯދީ އިންނެވިއެވެ.
މޯދީގެ މަންމާފުޅު ސިފަކުރައްވަމުން މޯދީ މީގެކުރިން ލިޔުއްވާފައި ވަނީ، މަންމާފުޅުގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރެއްވީ ބަނޑުހައިކަމާއި ފަގީރުކަމުގައި ކަމަށެވެ. އަދި މޯދީގެ ވިސްނުންފުޅާއި ހިޔާލުފުޅު ތަނަވަސްވުމުގައި މޯދީގެ މަންމާފުޅު ހީރަބަންގެ ގުރުބާނީ ބޮޑުކަމަށްވެސް މޯދީ ވިދާޅުވެއެވެ.
މޯދީ މަންމާފުޅާއެކު ހޭދަކުރައްވާ ވަގުތުތަކުގެ ފޮޓޯތައް ދޭތެރެ ދޭތެރޭން އިންޑިއާގައި ވައިރަލްވެއެވެ. އޭގެ ސަބަބުން މޯދީގެ މަގުބޫލުކަންވެސް އިތުރުވެއެވެ.
ގުޅުން ހުރި ޙަބަރުތައް
މޯދީގެ މަންމާފުޅު އަވަހަރާވުމުން ރައީސް ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ
2 އަހަރު ކުރިން
ހަނިމާދޫ އެއާޕޯޓް މަޝްރޫއު އިފްތިތާހު ކުރުމަށް ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
4 ދާއިރާއަކުން އިންޑިޔާއިން ރާއްޖެއަށް އެހީވަނީ
2 އަހަރު ކުރިން
ރާއްޖެ ތަރައްގީ ކުރަނީ "ފެންހިފޭ ފުރިހަމަ ޕްލޭންތަކެއް"ގެ ދަށުން - ރައީސް
2 އަހަރު ކުރިން