logo

މަޖިލިސް އިންތިހާބު: މި މަހުގެ 16ގެ ނިޔަލަށް ރީރެޖިސްޓަރ ކުރެވޭނެ

profile

އަހުމަދު ޒަލީފު - 10 މާރިޗު 2024 - 17:28

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި އީސީގެ ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި އީސީގެ ބައެއް މެމްބަރުން

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ރީރެޖިސްޓްރޭޝަނަށް އަނެއްކާ ވެސް ހުޅުވާލައިފިއެވެ.

ރީރަޖިސްޓްރީ ކުރަން ޖެހޭނީ މީގެ ކުރިން ވޯޓުލާން ރަޖިސްޓްރީ ކުރި ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމައެވެ. އޮންލައިންކޮށް ވެސް ރީރެޖިސްޓަރ ކުރެވެއެވެ.

އީސީން ކަނޑައަޅާފައިވާ ގޮތުން ވޯޓުފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރިވާ ގައުމުތަކުގައި އެކަންޏެވެ. އަދި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 30 އަށްވުރެ ގިނަ އަދަދަކަށް ރީރަޖިސްޓްރީވާ ރިސޯޓުތަކުގައި އެކަންޏެވެ. ހަބީބު ވިދާޅުވީ ރީރެޖިސްޓްރޭޝަންއަށް ފަހު، ކުރިން ވޯޓުފޮށިތައް ނުބެހެއްޓުނު ތަންތަނުގައި ވޯޓު ފޮށިތައް ބެހެއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"މިހާރު ރީރެޖިސްޓްރީ ކޮށްފަ ތިބި މީހުންގެ ތެރެއިން ވެސް ވޯޓުލާތަން ބަދަލުވާ މީހުން އަލުން ރީރެޖިސްޓްރީވާން ފުރުސަތު ލިބޭނެ. މީގެ ކުރިން އަދަދު ހަމަނުވެގެން ވޯޓުފޮށިތައް ނުބެހެއްޓުނު ތަންތަނުގައި މިފަހަރު ބެހެއްޓި ވެސް ދާނެ." އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވޯޓު ފޮށި ބަހައްޓަން ނިންމި ރިސޯޓުތަކުގެ ތެރެއިން 17 ރިސޯޓެއްގައި އީސީން ބެނުންވާ އަދަދު ފުރިހަމަ ނުވާތީ ވޯޓު ފޮށި ނުބަހައްޓަން ވަނީ ނިންމާފައެވެ. ބޭރު ގައުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ނިންމީ ސްރީލަންކާ އާއި މެލޭޝިއާގައި އެކަންޏެވެ.

https://int.etukuri.mv/
tel:+9607331319