
ފެނަކައިގެ އެމްޑީ ނަޖާހު މަގާމުން ވަކިކޮށްފި

އައިމަން ޢަބްދުއްސައްތާރު - 06 އޭޕްރީލު 2026 - 11:36
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ޑިސެމްބަރު 23، 2024 ގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ނަޖާހު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ނުބުނެ އެވެ.
ފެނަކައިގެ އެމްޑީގެ މަގާމަގަށް ނަޖާހު އޭރު އައްޔަނުކުރީ ނޮވެމްބަރު 28، 2024 އިން ފެށިގެން އެ މަގާމު ފުރުއްވި މުއާޒު މުހައްމަދު ރަޝީދު އެ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. މުއާޒަށް އެ ފިޔަވަޅު އެޅުއްވީ ފެނަކައިގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެ އެވެ.
ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ.
ނަޖާހު މަގާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ނުބުންޏަސް މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި މި ސަރުކާރުގައި އެތައް ދުވަހެއް ވުމުން ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އަޅުގަނޑަށް ވޯޓުދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން: މޫސާ އަލީ ޖަލީލް
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ މަގާމުން ވަކިކޮށްފި
3 ގަޑިއިރު ކުރިން

އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފި
5 ގަޑިއިރު ކުރިން

ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)