
ނޫނު އަތޮޅުން ފެށިގެން ވާވު އަތޮޅަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އާމިނަތު ޝަޒްލާ - 01 އޯގަސްޓު 2026 - 11:16
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ މީޑިއާއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިއަދު (1 އޯގަސްޓް 2026) މެންދުރުފަހު 14:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށް ނޫނު އަތޮޅުން ފެށިގެން ވާވު އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެއެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ވިދާޅުވީ، މި ވަގުތުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެގޮތުން ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ސާފުކުރުމަށާއި، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަގީންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މޫސުން ގޯސް މިފަދަ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެންމެހައި ރައްޔިތުންނަށް އިރުޝާދު ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފި
4 ގަޑިއިރު ކުރިން

ސިފައިންގެ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
4 ގަޑިއިރު ކުރިން

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު މަސް ބޭރުކުރި މިންވަރު 62 އިންސައްތަ ދަށްވެއްޖެ
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)