logo

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތާއެކު ކުޅުދުއްފުށި އިޤްތިޞާދަށް ހެޔޮ އަސަރުކުރާނެ: މޭޔަރު އާޠިފް

profile

ޒިދާން މުޙައްމަދު - 19 ސެޕްޓެމްބަރު 2025 - 13:59

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް 2025އާއެކު ކުޅުދުއްފުށީގެ އިޤްތިޞާދަށް ހެޔޮ އަސަރުކުރާނެ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކުޅުދުއްފުށި ނޮލެޖް ސެންޓަރުގައި 'އަސްލު ޓީވީ'އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މޭޔަރު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ އާންމު ހާލަތު ރަނގަޅު ނަމަވެސް އިޤްތިޞާދީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި، އެ ސިޓީގެ ވިޔަފާރިތަކުގެ ވިކުރާ ދަށްވެފައިވުމަކީ އެކަމުގެ ހެއްކެކެވެ.

ކުޅުދުއްފުށްޓަކީ ކެފޭ/ރެސްޓޯރެންޓުގެ ވިޔަފާރިވެސް ފުޅާދާއިރާއެއްގައި ހިންގާ ރަށަކަށްވާއިރު، އެ ސިޓީގައި އެތަންތަނުގެ ވިޔަފާރިވެސް ދަށްވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

undefinedކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އަސްލު ޓީވީއަށް އިންޓަރވިދެއްވަނީ ---

އެހެން ނަމަވެސް، ކުޅުދުއްފުށީގައި މިހާރު ފަށާފައިވާ ބީޗް ހޭންޑްބޯޅަ މުބާރާތާއެކު އެ ސިޓީގެ އިޤްތިޞާދަށް އާރޯކަން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ސަބަބެއް ކަމަށް ވިދާޅުވީ، މިމުބާރާތާ ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކާއި ރާއްޖޭން ބޭރުންވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާނެތީއެވެ.

އޭގެ ފައިދާ ކުޅުދުއްފުށީ އިޤްތިޞާދުގެ އިތުރުން އިޖުތިމާޢީ ގޮތުންވެސް ލިބިގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަކީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

ކޮމަންވެލްތް ގައުމުތަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު 18-22 އަށް ހދ. ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުތަކުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay