
ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް އަރައިފި

އައިޝަތު އިނާޝާ - 07 ޖެނުއަރީ 2026 - 06:38
ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ރޯދަމަސް ކުރިން 300 އަށް އަރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށެވެ. އަދި އެނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުން އެބަގެންދޭ. މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް: މިނިސްޓަރު ޝަހީމް
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ އަލީގައި އިސްލާމީ ދާއިރާއިން މީހުން ބިނާ ކުރުމަށާއި ވަޤްފު މަޝްރޫޢުތައް ފަދަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 500 ޙާފިޒުން އުފެއްދެވުމުގެ މަޝްރޫޢެއް ފައްޓަވާފައިވެއެވެ. އަދި ޙާފިޒުންނަށް ދައުލަތުން ދެއްވާ ފައިސާގެ ޢިނާޔަތް ދެގުނަ ބޮޑުކުރައްވާއިރު، ޙާފިޒުންނަށް ދަރަޖަދެއްވުމަށް ޓަކައި ޙާފިޒުންނަށް ދަސްވެނިވުމުގެ ޚާއްޞަ ވަކި ރަސްމިއްޔާތެއް ބާއްވައި އެއީ ޝަރަފުވެރި ބަޔެއްކަމަށް ދައުލަތުން ވަނީ ހައްދަވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ އޮފީސް މިރޭ ހުޅުވަނީ
2 ގަޑިއިރު ކުރިން

ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
3 ގަޑިއިރު ކުރިން

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި
5 ގަޑިއިރު ކުރިން


