logo

އަޟްހާ ޢީދާ ގުޅިގެން އަޕަރ ނޯތު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފި

profile

އައިޝަތު އިބްރާހިމް - 10 ޖޫން 2025 - 08:22

އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އަޕަރ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

https://wamco.com.mv/

އެރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ކުލަބް ޖަމްޢިއްޔާތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ބައެއް ރަށްރަށުގައި ހިންގި ހަރަކާތްތަކުގައި ފުލުހުން އިސްދައުރެއް އަދާކޮށްފައިވާއިރު، އެހެން ރަށްރަށުގައި ހަރަކާތްތައް ކުރިއަށްދިޔަ ވަގުތުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވެ، ޓްރެފިކް ފްލޯ ބަލަހައްޓައި، އަމަން އަމާންކަން ގާއިމްކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

undefined

ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުން ޢީދު ހަރަކާތްތަކުގައި ވަރަށް އެކްޓިވްކޮށް ބައިވެރިވެފައިވެއެވެ. ޢީދު ހަދިޔާ ތައްޔާރުކުރުމުގައި ބައިވެރިވެ، ޢީދު ނަމާދުން ފެށިގެން ޢީދު ޝޯ ނިމެންދެން ހުރިހާ ހަރަކާތްތަކެއްގެ ސެކިއުރިޓީ ބަލަހައްޓާފައިވާކަމަށްވެސް ފުލުހުންބުނެފައިވެއެވެ.

ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ސްޓޯލްތައް ބަހައްޓައި ހަރަކާތްތެރިވެފައިވެއެވެ. އޭގެ އިތުރުން ޢީދު ވިލޭރޭ ރަށްރަށުގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީތައް އަދާކޮށް ޕެޓްރޯލް ކުރުން އިތުރުކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ސްޓޯލްތައް ބަހައްޓައި، މާލި ޕެރޭޑެއް ބާއްވައި، ޢީދު ކުޅިވަރުތަކުގައި ބައިވެރިވެފައިވެއެވެ.

ށ. އަތޮޅުގައި ޢީދުގެ އެކިއެކި ޕްރޮގްރާމްތަކުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓައި، ކޮމިއުނިޓީ އިވެންޓްތަކުގައި ބައިވެރިވެފައިވެއެވެ. ށ. މިލަންދޫ، ށ. ފުނަދޫ އަދި ށ. ފޯކައިދޫގައި "ހަވާ" އެރުވުނު ވަގުތުތަކުގައި އެސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓާފައިވާކަމަށްވެ ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

undefined

ކުޅުދުއްފުށި ސިޓީގައި ބޭއްވި ޢީދުގެ ގިނަ ޙަރަކާތްތަކުގެ ސެކިއުރިޓީ އަދި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. މީގެ ތެރޭގައި ޢީދު މާލި، ޢީދު އޮނު ބަޑި ޖެހުން، ވާދެމުން، ބަނދު ދުއްވުން، ރާނީ ހިނގުން، ނަމުރު، ހަވާ، ސްޓޭޖް ޝޯ، ފައިގަތަޅާ، ކޯޑި، ބޮޑު ފައިވާން ހިންގުން، ކައިވެނި ސައި އަދި ދަމުހިނގުން ފަދަ ގިނަ ހަރަކާތްތައް ހިމެނެއެވެ.

މީގެއިތުރުން، ޢީދު ބަންދު ފެށުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް، ވޯކް އެންޑް ޓޯކް ޕްރޮގްރާމްތައް ހިންގައި، ރަށުން ބޭރަށްދާއިރު ގެދޮރު ރައްކާތެރިކުރުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

މި އަހަރުގެ އަޟްޙާ ޢީދުގައި އަޕަރ ނޯތު ޕޮލިސް ރީޖަންގެ ފުލުހުން ވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ޢީދު ހަރަކާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay