logo
ހުޅުމާލެ

ހުޅުމާލެ

ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އަލިފާން ރޯވެފައިވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 20 ނޮވެމްބަރު 2026 - 11:53

ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމާ ގުޅިގެން، އެ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި، ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައެވެ.

މި މައުލޫމާތު ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ކަމާބެހޭ އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަލިފާން ރޯވި ސަބަބު އަދި މިހާތަނަށް ސާފުވެފައިނުވާއިރު އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319