
އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލުން / ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެ: އެމްއޭސީއެލް

އައިޝަތު އިބްރާހިމް - 13 ސެޕްޓެމްބަރު 2025 - 07:07
އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލު)ން ބުނެފިއެވެ.
އެމްއޭސީއެލުން މީޑިއާތަކާއި ހިއްސާކުރި މެސެޖްގައި ވަނީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "ހުނަވަރު" ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވެ ކާމިޔާބުކަމާއެކު އެ ޕްރޮގްރާމު ފުރިހަމަކުރާ ހުރިހާ ކުދިންނަށް އެމްއޭސީއެލްއިން ވަޒީފާ ލިބިގެންދާނެކަމަށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 ސެޕްޓެންބަރު 2025ގެ ނިޔަލަށް ކަމަށްވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.
އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލުން / ފޮޓޯ: އެމްއޭސީއެލް
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "ހުނަވަރު" ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށެވެ. ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް، ކާގޯ ސާވިސަސް، ރޭމްޕް ސާވިސަސް، މެކޭނިކަލް ސާވިސަސް، ފިއުލް ސާވިސަސް، އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނޭ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލުން / ފޮޓޯ: އެމްއޭސީއެލް
6 މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އަދި ޕްރޮގްރާމުން ހޮވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމުގެ މަގުސަދަކީ މި ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް، މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ، އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުން ކަމުގައި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
3 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން