logo

އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށް ފައިސާ ހޯދަމުންދާ މައްސަަލައެއް ތަހުގީގުކުރަނީ

profile

އައިމިނަތު ރޫޔާ - 28 ނޮވެމްބަރު 2024 - 11:59

ގަލޮޅު ވިލި އިމާރަތް

ގަލޮޅު ވިލި އިމާރަތް

އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށް ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން، އެ އަންހެން މީހާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޒާތް ޒާތުގެ ލިންކުތައް ފޮނުވައިގެން އެކައުންޓްތައް ހެކްކޮށް، ފައިސާ ހޯދާ ގިނަ މައްސަލަތައް މިހާރު ވަރަށް ގިނައެވެ. ހާއްސަކޮށް ވައިބާ އަދި ފޭސްބުކް މެދުވެރިކޮށް މީހުންގެ އެކައުންޓްތައް ހެކް ކުރުމަކީ އަބަދުވެސް މިހާރު ފެންމަތިވާ މައްސަލައެކެވެ. އެގޮތުން ވައިބާ މެދުވެރިކޮށް ލިންކެއްް ފޮނުވައިގެން ޕޮލިހެއްގެ އެކައުންޓް ވެސް ވަނީ ހެކްކޮށްފައެވެ.

މިފަދަ ލިންކުތަކަށް ސަމާލުވުމަށް އަބަދުވެސް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. ބޭންކް އަދި ފުލުހުންގެ ނަމުގައި ވެސް މީހުންގެ ޒާތީ މައުލޫމާތި ހޯދައި، ފައިސާ ފޭރޭ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ.


https://wamco.com.mv/
tel:+9607331319