logo

ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި

profile

އައިޝަތު އިނާޝާ - 28 ނޮވެމްބަރު 2024 - 23:40

ފުލުހުންގެ އިދާރާ

ފުލުހުންގެ އިދާރާ

ބައެއް މީޑިއާގެ މަންސަތަކުގައި ކުޑަކުދިންގެ މައުލޫމާތާއި ތަސްވީރު، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފަތުރަމުން ދިއުމަކީ އެ ކުދިންގެ މަސްލަހަތު ރައްކާތެރިނުކުރެވި، ކުއްޖާ ނުރައްކަލަށް ހުށަހެޅިދާނެ ކަމެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބައެއް މީޑިއާ ވަސީލަތްތަކުގައި ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނަ ފަދަ މައުލޫމާތާއި ތަސްވީރުތައް އާންމު ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ ކަމަށް ސާފްކޮށް ބަޔާންކޮށްފައިވާ ކަަމަށާއިނަމަވެސް ބައެއް މީޑިއާ ވަސީލަތްތަކުން ކުދިންގެ ޒާތީ މައުލޫމާތާއި ތަސްވީރު، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފަތުރަމުން ދިއުމަކީ އެ ކުދިންގެ މަސްލަހަތު ރައްކާތެރިނުކުރެވި، ކުއްޖާ ނުރައްކަލަށް ހުށަހެޅިދާނެ ކަމެއްކަމަށެވެ.

ފުލުހުން ބުނިގޮތުގައި ކުޑަކުދިންގެ ފޮޓޯ މީސް މީޑިއާގައި ދައުރުވަމުން ދިއުމަކީ އެ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ކުދިން އެކި ބަވާތުގެ އަނިޔާތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށެވެ.

"ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމާތައި ރައްކާތެރިކަން ނެގެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިންގެ ފޮޓޯތަކާއި އެހެނިގެން ޒާތީ މައުލޫމާތު މީސް މީޑިއާގައި އާއި އެހެނިހެން މީޑިއާ ވަސީލަތްތަކުގައި ޝާއިއު ނުކުރުމަށާއި ކުޑަކުދިންނާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް މީޑިއާތަކާއި އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަމެވެ،" : ފުލުހުން

https://int.etukuri.mv/
tel:+9607331319