logo

ޑިމޮކްރެޓްސްގެ ކެމްޕޭނުގައި ނަޝީދު ބައިވެރިވަނީ

profile

އަހުމަދު ޒަލީފު - 09 އޭޕްރީލު 2024 - 10:15

ރައީސް ނަޝީދު

ރައީސް ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ކުރިއަށްގެންދާ ކެމްޕޭނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވީ މި މަހުގެ 20-19 އަށް ޑިމޮކްރެޓްސް އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބާއްވާ ކެމްޕޭނު އިވެންޓުތަކުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ނަޝީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސައްކަތުން އަހަރުތަކަކަށް ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން ނަޝީދު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިއުލާން ކުރައްވާފަ އެވެ.

ނަޝީދު މިހާރު ގެންދަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.

https://wamco.com.mv/
tel:+9607331319