logo

ފިލްމީ އިންޑަސްޓްރީ ތަރައްގީކުރަން ޑައިރެކްޓަރުންގެ ރޯލު ވަރަށް މުހިންމު: އެމްއެސްޕީއޭ

profile

ރިޟްވާން މޫސާ - 18 މޭ 2026 - 13:01

ދިވެހިރާއްޖޭގެ ފިލްމް އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމަށާއި، މިހާރަށް ވުރެ ބޮޑު އުފެއްދުންތެރިކަމެއް އުފެއްދުމަށްޓަކައި ފިލްމް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ރޯލު ވަރަށް ވެސް މުހިންމު ކަމަށް މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިންގްސް އާޓްސް (އެމްއެސްޕިއޭ) އިން ބުނެފި އެވެ.

https://wamco.com.mv/

އެމްއެސްޕީއޭ އަކީ 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުނިފޫނިފިލުވުމުގެ ދާއިރާ ތަރައްގީކުރުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ ސޮސައިޓީއެކެވެ.

މި ސޮސައިޓީން ކުރަމުންގެންދާ ބައެއް މުހިންމު މަސައްކަތްތަކަކީ މި ދާއިރާއަށް މީހުން ބިނާކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފެސްޓިވަލްތަކުގައި ދިވެހިންގެ އުފެއްދުންތައް ބައިވެރި ކުރުމާއި، ރާއްޖެއިންނާއި، ރާއްޖެއިން ބޭރުން ދިވެހި ފަންނާނުންނަށް ރިކޮގޮނިޝަން ހޯދައި ދިނުމާއި، އެވޯޑު ހަފްލާތައް ބޭއްވުމުގެ އިތުރުން މީހުން ހޭލުންތެރިކުރުމެވެ.

އެ ސޮސައިޓީން ކުރަމުންގެންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ރާއްޖޭގެ ފިލްމް ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުންނާއި، އެ އެސޯސިއޭޝަނުން ވަނީ ބައްދަލުކުރުމެއްވެސް ބާއްވާފަ އެވެ.

undefined

މި ބައްދަލުކުރެއްވުން ނިންމާލުމަށްފަހު "އަސްލު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި އެމްއެސްޕީއޭގެ ޗެއާމަން މުހައްމަދު ރަޝީދު ވިދާޅުވީ ދިވެހި ފިލްމް އިންޑަސްޓްރީގައި ރަގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މި ދާއިރާގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފިލްމް އުފައްދާ ފަރާތްތަކުގެ އިތުރުން ފިލްމް ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުންނާއި، އެ ސޮސައިޓީން ވަރަށް ބޮޑު ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މަޝްހޫރު ދައިރެކްޓަރުންނާއި، ޕްރޮޑިއުސަރުން ބައްދަލުކުރައްވާފައިވާ ކަން ރަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.

undefined

މި ބައްދަލުކުރެއްވުމަށްފަހު ޑައިރެކްޓަރުންވެސް މި ދާއިރާ އާއި ބެހޭގޮތުން އިތުރަށް ރަގަޅު ކުރަން ހުރި ކަންކަން ވަނީ "އަސްލު ޓީވީ" އާއި ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ ރާއްޖޭގައި ފިލްމް އުފެއްދުމުގެ މަސައްކަތް ކުރާ ސްޓޫޑިއޯތަކާއި އަދި އަމިއްލަ ފަރާތްތަކުން ވެސް މި ދާއިރާގެ މަސައްކަތްތަކަށް ނުވަތަ އެމްއެސްޕީއޭ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވާފަ އެވެ.

undefined

މީގެ އިތުރުން ދިވެހި އެކްޓަރުން މި އިންޑަސްޓްރީ އަށް އިތުރަށް ބިލްޑް ކުރަންޖެހޭ ކަމަށާާއި މިދާޢިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk