logo

ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި

profile

އައިޝަތު އިނާޝާ - 21 ޑިސެމްބަރު 2025 - 14:35

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދިލާސާގެ / ތ. ހިރިލަންދޫ، އުމުރުން 25 އަހަރުގެ މުޙައްމަދު ނަވާޒެވެ. އޭނާ ވަނީ މައްސަލަ ބަލައި ނިމެންދެން ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި ލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މިއަދު ހިނގި އޮޕަރޭޝަނެއްގަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫގެ ބަނދަރުމަތިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ފުލުސް މީހާ ހައްޔަރުކުރުމަށް ފަހު، އޭނާއާއި އޭނާ ގެންގުޅުނު ތަކެތި ފުލުހުން ބަލައި ފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ބެއާއެއް ބެލިބެލުމަށް ފަހާފައި ހުރިކަން ފާހަގަކުރެވިގެން ބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި، ފަސް ރަބަރު ޕެކެޓު އެ ބެއާތެރެއިން ފެނިފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށް މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުސް މީހާ ހައްޔަރުކުރުމާ އެކު، ވަޒީފާއިން ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay